މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ މިސްކިތެއް ބިނާ ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ މިސްކިތެއް ބިނާ ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ހަމަޖެހިފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާގެ ފަރާތުން ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކައް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތްފަށާނެކަމަށާއި ނޮވެމްބަރ 4 ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކިތުގެބިންގާ އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް އެކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ވިޔަފާރިވެރިންގެ ޓީމަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.
މި މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އޭރު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ގުޅުންހުރި

ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި

އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި





