
މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ހަވާލުކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އއ މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ހަވާލުކޮށްފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މި މަޝްރޫއު ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގ އާއިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމް ހިމެނިފައިވާ ހުންނާނެއެވެ. އަދި މީގެ އިތުރުން މިސްކިތް ނިމޭއިރު އޭސީ ހަރުކުރެވި ސޯލާ ނިޒާމު ޤާއިމް ކުރެވިފައި ހުންނާނެކަމަށްވެސް އެވުޒާރާއިން ހާމަކުރެއެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް ޢިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ގުޅުންހުރި

ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި

އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި





