logoEN
PNC TOP 3
ވެމްކޯގެ ހިދުމަތް ފުނަދޫގައި ފަށަނީ

ވެމްކޯގެ ހިދުމަތް ފުނަދޫގައި ފަށަނީ

އަހުމަދު ޝުރާއު

logo

10/15/2025, 6:49:13 PM

# ށ. ފުނަދޫ

-

ށ ފުނަދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއި ހަވާލުކޮށްފި އެވެ.

PNC MID 2

މި މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި އެވެ.

މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ނޮދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ ޢަބްދުﷲ ސިނާންއެވެ. އަދި ފުނަދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްއެވެ.

މީގެ ކުރިން އެރަށުގައި ކުނި މެނޭޖްކުރަމުންދިޔައީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް މިރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއިއެކު އެރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރަރެއް ގާއިމްކުރުމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް އެރަށަށް ފުޅާވެގެންދާނެ އެވެ. މިއާއިއެކު އެރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެމްކޯގެ އޮޕަރޭޝަން ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC