
ރައީސް މުއިއްޒުގެ ޒައާމަތުގައި މަސައްކަތް ފަށައި އޮޕަރޭޝަނަށް ގެނެވުނު ފުރަތަމަ އައިސް ޕްލާންޓަކަށް ފުނަދޫ އައިސްޕްލާންޓު!
# ށ. ފުނަދޫ-
ށ. ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓް މިރޭ ހުޅުވައިފި އެވެ.

މި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުއްވައިދެއްވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. މިކަމަށްޓަކައި މިރޭ ފުނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު މަމްދޫހު އާއި ފުނަދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިރޭ ފުނަދޫގައި ހުޚުވިގެން ދިޔަ މި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދޭ ގާބިލުކަންހުރި ޕްލާންޓެކެވެ. އަދި މި އައިސް ޕްލާންޓާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާފައިވެ އެވެ. މި އައިސްޕްލާންޓު ތަރައްޤީކުރީ މިފްކޯއިންނެވެ.
މި އައިސްޕްލާންޓަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މަސައްކަތް ފަށައި އޮޕަރޭޝަނަށް ގެނެވުނު ފުރަތަމަ އައިސްޕްލާންޓެވެ. އެގޮތުން ފުނަދޫގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
އައިސްޕްލާންޓްތައް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.
ގުޅުންހުރި
ވެމްކޯގެ ހިދުމަތް ފުނަދޫގައި ފަށަނީ

ރައީސް މުއިއްޒުގެ ޒައާމަތުގައި މަސައްކަތް ފަށައި އޮޕަރޭޝަނަށް ގެނެވުނު ފުރަތަމަ އައިސް ޕްލާންޓަކަށް ފުނަދޫ އައިސްޕްލާންޓު!

ފުނަދޫ ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުންވެސް އެމްޓީސީސީއަށް!
