
-
ށ. ފުނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި ދެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށަ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެގޮތުން މި ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފުނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭ ހަވާލުކުރެވުނު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 70,693 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި 340 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 450 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމާއި 61 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 238 މީޓަރުގެ ސަރަ ހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއި 260 މީޓަރުގެ ސަރަ ހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮއްޓެއް ލުމާއި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 3,920 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުރުމަށް ވަނީ ހަމަޖެހިފައި އެވެ. މި މަޝްރޫޢަކީ 92.73 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ޖުމްލަ 3.85 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު އެމަގުތަކުގައި ފެންހިންދާ ނިޒާމެއް ހަރުކުރުމާއި ސަރވިސް ލައިން އެޅުމާއި ޤުދުރަތީ ގޮތުން ފެންގަނޑު ހިނދޭ ނިޒާމެއް ހަރުކުރުމާއި ޕޭވްމަންޓެއް ހެދުމާއި ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި މަގު ބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ 105.48 މިލިއަން ރުފިޔާއަށް 520 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި
ވެމްކޯގެ ހިދުމަތް ފުނަދޫގައި ފަށަނީ

ރައީސް މުއިއްޒުގެ ޒައާމަތުގައި މަސައްކަތް ފަށައި އޮޕަރޭޝަނަށް ގެނެވުނު ފުރަތަމަ އައިސް ޕްލާންޓަކަށް ފުނަދޫ އައިސްޕްލާންޓު!

ފުނަދޫ ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުންވެސް އެމްޓީސީސީއަށް!
