
-
ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެހި ދިރުން އެސްޕޯ" ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި އެކްސްޕޯ ފެށޭނީ 18 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ.
އެގޮތުން ފެހި ދިރުން އެސްޕޯގައިދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ސްޓޯލް ތަކާއި، ދިރޭތަކެއްޗާއި ގުޅުންހުރި ސްޓޯލްތަކުގެ އިތުރުން, ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުންނާއި، ދޫނި ކާނާ އާއި ދޫނީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން، އާޓް ކްރާފްޓްގެ މަސައްތަކުގެ ސްޓޯލްތަކާއި،ރާއްޖޭގައި ހައްދާ ތަކެތިން އުފައްދާ ތަފާތު ވައްތަރުގެ ފިނި ބުއިންތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ހިމެނޭނެއެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ސްޓޯލްތަކުން ތަފާތު ގޭމްސްތައް ކުޅެލުމާއިއެކު ތަފާތު ގިފްޓް ތައް ހޯދާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
އަދި އެ ވުޒާރާގެ ސްޓޯލްތަކުން ވުޒާރާއިން އާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ހޯދާލުމުގެ ފުރުސަތުތަކާއިއެކު ފޮޓޯ ޝެޝަންތަކާއި ދިރޭތަކެއްޗާއި ގުޅޭ ކުއިޒެއްގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް "ފެހި އެކްސްޕޯ" ގައި ހުންނާނެއެވެ.
ގުޅުންހުރި

25 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާއަށް ފުރައިފި
ށ. ގޮއިދޫގައި ހަދަމުން އަންނަ ގްރީން ހައުސްތަކުގެ ބޮޑު ބައި ނިމިއްޖެ

"އިސް ދަނޑުވެރިންގެ ތަމްރީން" ގެ ދެވަނަ ބުރު ފަށައިފި

.gif&w=3840&q=75)



