logoEN
Sto top
މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއަށް!

މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއަށް!

އަހުމަދު ޝުރާއު

logo

10/15/2025, 11:58:46 AM

# ށ. މިލަންދޫ

-

ށ މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

Wamco

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެގޮތުން މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ހައުސިންގ ޑިޗެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީއާއިއެވެ. އެޗްޑީސީއާއި މި މަސައްކަތް ހަވާލުކުރުމަށްޓަކައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހެއިރެވެ.

3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ މި ހައުސިން ޔުނިޓްތައް ތަރައްގީކުރުމުގެ މަޝްރޫޢު އެޗްޑީސީ ހަވާލުކޮށްފައިވަނީ 280 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ތެރެއިން މުޅި ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC