logoEN
Sto top
މިލަންދޫ ވޮލީކޯޓާއި ފުޓްސަލް ދަނޑު ހުޅުވައިފި

މިލަންދޫ ވޮލީކޯޓާއި ފުޓްސަލް ދަނޑު ހުޅުވައިފި

އަހުމަދު ޝުރާއު

logo

10/15/2025, 11:37:44 AM

# ށ. މިލަންދޫ

-

ށ މިލަންދޫ ވޮލީކޯޓާއި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

Wamco

މިލަންދޫގައި ކުރިޔަށްގެންދިޔަ ކުޅިވަރުގެ މި ދެ މަޝްރޫއު ނިމި ރަސްމީކޮށް އެ ދަނޑުތައް ހުޅުވާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މިލަންދޫއަށް ވަޑައިގެންނެވުމުންނެވެ. އެގޮތުން އަލަށް ތަރައްޤކުރި ވޮލީކޯޓާއި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

މިއަދު އަލަށް ހުޅުވި ވޮލީ ކޯޓު ތަރައްޤީކޮށްފައިވަނީ ފެންސު ޖަހާ ދުވާލާއި ރޭގަނޑަށްވެސް ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށެވެ.

މީގެ އިތުރުން މިލަންދޫ ފުޓްސަލް ދަނޑު ސަރުކާރުން ތަރައްޤީކޮށްފައިވަނީ ރޮސްޓްރަމާއި ޗޭންޖިންގ ރޫމަކާއި އޮފީހެއްގެ އިތުރުން ލައިވް ރޫމަކާ ރެފްރީންނަށް ޚާއްސަ ރޫމެއް ހިމެނޭ ގޮތަށެވެ.

މި ދެ މަޝްރޫއަކީވެސް ކުރީ ސަރުކާރުން އަމަލީ މަސައްކަތް ފަށައި ސަރުކާރު ބަދަލުވިި އިރު ހުއްޓިފައި އޮތް ދެ މަޝްރޫއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC