logoEN
Sto top
މިލަންދޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

މިލަންދޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/15/2025, 10:47:17 AM

# ށ. މިލަންދޫ

-

ށ މިލަންދޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މިލަންދޫޢަށް ވަޑައިގެން އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ރައީސްގެ ހާޒިރުގައި ފައްޓަވައިދެއްވީވެސް މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އެވެ.

މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރެވިގެން ދިޔުމާއިއެކު އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓު އޮޕަރޭޓްކޮށް، ހިންގާނީ ވެސް އެމްއޭސީއެލްއިންނެވެ.

މިލަންދޫ އެއާޕޯޓު ވެގެންދާނީ ށ އަތޮޅުގައި މިސަރުކާރުން ތަރައްްޤީކުރާ ތިން ވަނަ އެއާޕޯޓަށެވެ. މިހާރު އެއަތޮޅުގައި އެއާޕޯޓެއް އޮންނަނީ ށ ފުނަދޫގައި އެވެ. ރައީސް ޑރ މުހައްމަދުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ދެން އެއަތޮޅުގައި އެއާޕޯޓުތައް ތަރައްޤީކުރަނީ ބިލެތްފެއްސާއި ކޮމަންޑޫގައި އެވެ. ރައީސްގެ މި ދަތުރުފުޅުގައި އެދެ ރަށުގައިވެސް އެއާޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ވަނީ ފެށިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC