logoEN
Sto top
ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްއިން ޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ - ޑރ ކިނާނަތު

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްއިން ޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ - ޑރ ކިނާނަތު

އަހުމަދު ޝުރާއު

logo

10/15/2025, 9:26:23 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

Wamco

ސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމް ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވަނީ މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގައި މިވަގުތު އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އޭގެ އެންމެ ފުރިހަމަ ލާބަ އާއި މަންފާ ދެމެހެއްޓެނިވި ގޮތަކަށް އެންމެނަށް ހަމަހަމަ ކަމާއިއެކު، އަދި އިންސާނީ ކަރާމާތަށް ގެއްލުންނުވާނޭ ފަދަ ރަގަޅު ހެޔޮގޮތުގައި ބޭނުންކުރުމަށް ދިވެހިރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިއަހަރު ޖުލައި 31 ވަނަ ދުވަހު ޔުނެސްކޯގެ އެހިގެ ދަށުން ތައްޔަރު ކުރި އޭއައި ރީޑިނެސް އެސެސްމެންޓް ރިޕޯޓު ވަނީ މިހާރު ލޯންޗުކޮށްފައި ކަމަށް ސްޓޭޓް ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގަ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސެކިއުރ ޑިވެލޮޕްމެންޓާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ ފްރޭމްވޯކް، ނޭޝަނަލް ބޭސްލައިން ސައިބަރ ސެކިއުރިޓީ ފްރޭމްވޯކް ޕްރެޒެންޓޭޝަން، ހަރުދަނާ އަދި އެޑަޕްޓަބަލް ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް މަޝްވަރާކުރެވިގެންދާނެއެވެ.

މީގެ އިތުރުން ސެކިއުރިޓީ ސޮފްޓްވެއަރ ޑިވެލޮޕްމެންޓް މެޗުރިޓީ މޮޑެލް ތަޢާރަފުކުރުމާއި ނޭޝަނަލް ޖީ.އާރު.ސީ ޕްލެޓްފޯމް އިފްތިތާހުކުރުންވެސް މި ސިމްޕޯޒިއަމްގެ ތެރޭގައި ހިމެނެއެވެ.

މި ސިމްޕޯޒިއަމްގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އޭޖެންސީތަކާއި މިނިވަން މުޢައްސަސާތައްވެސް ބައިވެރިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC