logoEN
Sto top
ކަސްޓަމްސް އޮފިސަރުންނަށް ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކަސްޓަމްސް އޮފިސަރުންނަށް ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

10/15/2025, 3:18:56 AM

# ކަސްޓަމްސް ސާވިސަސް

-

ކަސްޓަމްސް އޮފިސަރުންނަށް އަމާޒުކޮށްގެން، ކެމިކަލްތަކާއި ނުރައްކާތެރި ކުނި ޤައުމަށް އެތެރެކުރުން ހުއްޓުވުމާއި، އެފަދަ ތަކެތި ދެނެގަތުމާއި، އަދި އެތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމާ ގުޅޭގޮތުން ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މި ތަމްރީނު މަސައްކަތު ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓަލް ފެސިލިޓީގެ އެހީގައި އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު އެންވަޔަރަމެންޓު މިނިސްޓްރީން ކުރިއަށްގެންދާ "އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" މަޝްރޫޢު (އައިލެންޑްސް ޕްރޮޖެކްޓް) ގެ ދަށުން ހިންގި ހަރަކާތެކެވެ.

މި ތަމްރީނު މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ތަކުގެ ނުރައްކަލުން ތިމާވެއްޓާއި ރައްޔިތުން ރައްކާތެރިކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކަސްޓަމްސްގެ އެކި ޑީޕާޓްމެންޓުތަކުގެ އޮފިސަރުން ވަނީ ބައިވެެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC