logoEN
PNC TOP 3
2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ހުސައިން އަހްމަދު

logo

12/15/2025, 10:09:54 AM

# ކަސްޓަމްސް ސާވިސަސް# މަސްތުވާތަކެތި

ފޮޓޯ: ޕޮލިސް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

PNC MID 2

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތް ކަމަށެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް)އެވެ.

އަދި މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

މި ތަކެތި އަތުލައިގަތީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC