logoEN
Sto top
ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ފެށޭގޮތް ވެއްޖެ، މެދުވެރިއަކަށް އުރީދޫ!

ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ފެށޭގޮތް ވެއްޖެ، މެދުވެރިއަކަށް އުރީދޫ!

އަހުމަދު ޝުރާއު

logo

10/14/2025, 2:46:30 PM

# އުރީދޫ މޯލްޑިވްސް

-

ޕޭޕަލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

Wamco

އުރީދޫއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިޚިދުމަތް ދިނުމަށްޓަކައި އެ ދެ ކުންފުނީގެ ޕާޓްނަރޝިޕްގެ ތަފްސީލް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން އެކުންފުނީން ވަނީ ފާހަގަކޮށްފައެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައި އެވެ. އުރީދޫން ބުނީ ޕޭޕަލް ޚިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓް ތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި މިއީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީ އަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެކުންފުނީން ވަނީ ބުނެފައި އެވެ.

މިހިދުމަތާއި ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑަރ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާއެކު ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާއި ލިންކް ވެގެން ދާނެ ކަމަށެވެ.

"މިއީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް." ޚާލިދު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުން ކަމަށެވެ.

އަދި މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC