
ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވޭ!
# ހެލްތު މިނިސްޓްރީ-
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި އިއްޔެ ފަށައިފި އެވެ.

މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.
މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، އުމުރުން ދުވަސްމީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީވެ މި ޞަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 14 އޮކްޓޫބަރު 2025 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "މިނިސްޓަރިއަލް ޑެކްލަރޭޝަން އޮން ހެލްދީ އޭޖިންގ ތްރޫ ސްޓްރެންތެންޑް ޕްރައިމަރީ ހެލްތު ކެއަރ" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.
އަދި މި ސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ސަރަހައްދުގެ ހެލްތު އެމަރޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، 2026-2027 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންސްއާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންގެ އުފެއްދުންތަކާ ގުޅޭ ރީޖަނަލް ފްރޭމްވަރކްއާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަޙައްދުގެ ޤައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.
މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.
ގުޅުންހުރި

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވޭ!

ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ބ.އަތޮޅުގައި ހިންގައިފި

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން ހުކުރު ދުވަހު އާއިލީ ހަވީރެއް ބާއްވަނީ
