
ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން ހުކުރު ދުވަހު އާއިލީ ހަވީރެއް ބާއްވަނީ
# ހެލްތު މިނިސްޓްރީ-
ދުނިޔޭގެ ނަފްސާނީ ބަލިމަޑުކަމުގެ ދުވަސް ފާހަގަކުރުމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން ހުކުރު ދުވަހު އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން މައުލޫމާތު ދޭ ގޮތުގައި މި އާއިލީ ހަވީރު ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ކުން 18:00 ކަށް ހުޅުމާލެ ފޭސް 2 ހިޔާ ޕާކް އަދި ރުއްގަނޑު 3 ސަރަހައްދުގައެވެ.
މި އާއިލީ ހަވީރުގައި ހެލްތް ސްކްރީނިންގް އަދި ފޭސް ޕެއިންޓިންގް ފަދަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެ ޑިޕާޓްމަންޓް އިން މައުލުމާތު ދެއެވެ. މީގެ އިތުރުން ތަފާތު މަޖާ ސްޓޯލްތަކާ އެކު، ނަފްސާނީ ބަލިމަޑުކަމާ ގުޅޭ މުހިއްމު މައުލޫމާތު ތަކެއް ލިބިގެންދާނެ ކަމުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން ވިދާޅުވެއެވެ.
މި އާއިލީ ހަވީރުގައި ސަރުކާރުގެ ވުޒާރާތަކާ މުއައްސަސާތައް، ޖަމިއްޔާ ޖަމާއަތްތައް އަދި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމުގައި މެންޓަލް ހެލްތު ޑިޕާޓްމަންޓް އިން ވިދާޅުވެއެވެ.
ގުޅުންހުރި

ދިއްފުށީގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' ރަސްމީކޮށް އިފްތިތާޙުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި





