logoEN
Sto top
ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ބ.އަތޮޅުގައި ހިންގައިފި

ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ބ.އަތޮޅުގައި ހިންގައިފި

އަހުމަދު ޝުރާއު

logo

10/9/2025, 4:30:00 PM

# ހެލްތު މިނިސްޓްރީ

-

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ބ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމާއި ޓޮބޭކޯ ސިޒޭޝަންގެ ޓްރޭނިންގ ދިނުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

Wamco

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު މަހުގެ 28 ން 29 އަށް ބ. އޭދަފުށީގައެވެ.

މި ހަރަކާތް ތަކުގެ ތެރެއިން "ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން" ގެ ނަމުގައި ބ. އަދި ޅ އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ ހިދުމަތްތެރިންނަށް ތަމްރީނު ޕްރޮގްރާމެއްވަނީ ބޭއްވިފައެވެ. މި ތަމްރީން ޕްރޮގްރާމުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ޤަވާއިދާ ބެހޭ ގޮތުންނާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭނޭ ގޮތާއި އެކަމުގެ ހުނަރު ދަސްކޮށްދެވިފައިއެވެ. މި ތަމްރީނުގެ މަގުސަދަކީ ދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބ. އަތޮޅާއި ޅ އަތޮޅުގައި ދެވޭނެ މަގު ތަނަވަސްކުރުމެވެ. މި ތަމްރީނުގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމުގެ ޤަވާޢިދު ތަންފީޛު ކުރުމަށް ކުރަންޖެހޭ ބަލާ ފާސް ކުރުމުގެ (އިންސްޕެކްޝަނެއް) މަސައްކަތްތަކެއްވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ. މި ހަރަކާތުގައި ބ.އަތޮޅުގެ 13 ރަށް އަދި ޅ. އަތޮޅުގެ 5 ރަށުން ޖުމްލަ 45 ޞިއްޙީ ހިދުމަތްތެރިން ތަމްރީނުކުރެވުނެވެ.

މީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ޓޮބޭކޯ ސިޒޭޝަނަށް އަހުލުވެރިކުރުމުގެ ސެޝަނެއް ކުރިއަށްގެންދެވިފައިވެއެވެ. މިސެޝަންގެ މަގުޞަދަކީ ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ ފަންނީ ލަފާތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުވައިދީ އެކަމަށް އަހުލުވެރި ކުރުވުމެވެ.

އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަޢުލީމު ޙާސިލްކުރަމުންދާ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދުންފަތުން ލިބޭ ގެއްލުންތަކާއި ދުންފަތުގެ ވަބާގެ ނުރައްކަލާ ބެހޭ ގޮތުން ވަނީ ހޭލުންތެރިކުރުމުގެ ސެޝަން އެއް ނަގައިދެވިފައެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބ. އަތޮޅުގެ ކަމާ ގުޅޭ މުއައްސަސަތަކާ އެކު މަޝްވަރާ ބައްދަލުމެއްވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލާއި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އަމިއްލަ ޖަމްޢިއްޔާތައް ބައިވެރިވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC