-707312cefd357410f23b.webp&w=3840&q=75)
-
ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މަޢުލޫމާތު އީސީން އާންމުކޮށްފިއެވެ.

އީސީން އިއްޔެ ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބު ގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމާފައި އެވެ.
އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ އޭޕްރިލް މަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެއެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވޯޓު ފޮށިތަކުގެ މައޫލޫމާތު ލިންކު: https://lnk.bio/elections.mv
ގުޅުންހުރި

ޕްރައިމް ގުދަނުގައި ރޯވުން: ގުދަނާއި އިންވެގެން ހުރި އީސީ މަރުކަޒުގެ ހުރިހާ މަސައްކަތްތަކެއް ވަގުތީގޮތުން ސޯޝަލް ސެންޓަރަށް!

ރޯވެ އަނދަމުންދަނީ އީސީގެ މަރުކަޒަކާއި ޖެހިގެންހުރި ގުދަނެއްގައި: ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

ތިން އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް!

.gif&w=3840&q=75)



