
-
ރާއްޖޭގެ ދަރަނިތައް ދެއްކުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ހުރީ ތަރުތީބު ވެފައި ކަމަށާއި ރާއްޖެ ބަނގުރޫޓު ވެގެން ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ށ އަތޮލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ބިލެތްފަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށު ސްކޫލުގައި އޮތް ރަސްމިއްުޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ހަލާކުވެފައި އޮތް ރާއްޖޭގެ އިގްތިސާދު، މި ސަރުކާރުން ރަނގަޅު ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައްވެސް ދައްކަމުން އަންނަ ކަމަށެވެ، އެގޮތުން ސަރުކާރާއި ހަވާލުވިއިރު އެތަށް ސަތޭކަ މިލިއަން ރުފިޔާގެ ދަރަނި ހަަމައެކަނި ސަރުކާރުން ދިވެހި ކުންުފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ އެކި ޕްރޮޖެކްޓުތަކަށް ނުދައްކައި ހުރި ކަމަށާއި އެ "ލެގަސީ ޑެޓް" މި ހިނގާ 30 ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވައުދުވެވަޑައިގެންނެވި 5 ހަފްތާގެ ތެރެއިން މިހާރު ދެ ހަފްތާ ފާއިތުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ކުންފުނިތަކަށް ސަރުކާރުން ދަރާފައި ހުރި ހުރިހާ ފައިސާއެއް ކުރިޔަށް އޮތް ތިން ހަފްތާގެ ތެރޭގައި ދައްކާ ހަލާސްކުރެވޭނެ ކަމަށެވެ.
އެތެރޭގެ ދަރަނީގެ އިތުރުން ބޭރުގެ ދަރަނީގެ ގޮތުގައި ހުރި ދަރަނިތަކުގެ ތެރެއިން ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހޭ ސުކޫކު ޕޭމަންޓާއި ދޭތެރޭވެސް މި ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ހުރިހާ ކަމެއް ތަރުތީބު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާކުރެވިގެން އެކިކަހަލަ ގޮތްގޮތަށް ލުއިތައް ގެންނަމުންދާ ކަމަށާއި ރީފައިނޭންސް ނުވަތަ ލަސްކުރަން ނުވަތަ ބަދަލުތަކެއް ގެންނަން އޮތް ކަމެއްވިއްޔާ އެ ދައުލަތްތަކާ މަޝްވަރާކުރެވި އެ ލުއިތައްވެސް ހޯދަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ދަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ، ރާއްޖޭގެ އިގްތިސޯދު ފުރިހަމަކޮށްދީ، ހުރިހާ ދާއިރާތައް ކުރިއަރުވައި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވޭނެ ގޮތް ހޯދައިދިނުމަށް ކަމަށެވެ.
ގުޅުންހުރި

ތިންބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ރައީސްގެ ޝުކުރު ސިއްހީ ހިދުމަތްތެރީންނަށް!

ކަންކަން ހުރީ ތަރުތީބުކޮށްފައި، ރާއްޖެ ޑިފޯލްޓެއް ނުވާނެ - ރައީސް
