logoEN
Sto top
ބިލެތްފަހީގެ އެއާޕޯޓު އެންމެ ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވޭނެ - ރައީސް

ބިލެތްފަހީގެ އެއާޕޯޓު އެންމެ ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވޭނެ - ރައީސް

އަހުމަދު ޝުރާއު

logo

10/13/2025, 5:45:07 PM

# ރައީސް މުއިއްޒު

-

ށ ބިލެތްފަހީގެ އެއާޕޯޓު އެންމެ ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިހާރު ށ އަތޮލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބިލެތްފައްސަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލަސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ އެރަށުގައި އެއަޕޯޓެއް ތަރައްޤީކުރުމަށް މީގެ ކުރިން އެކި ސަރުކާރުތަކުން ވަޢުދުވިނަމަވެސް އެކަމުގައި ހަޤީގީ ކުލަޖެހިފައިނުވާކަމަށާއި މި ސަރުކަރުން އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެގޮތުން މިިއަދު އެމަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރެވިގެން ދިޔައީ އެކުންފުނީގެ ހަރަދުގައި ބިން ހިއްކުމާއިއެކު އެއާޕޯޓު ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި އެންމެ ލަސްވެގެން ނިމިގެންދާނެ ކަމަށާއި މަޝްރޫއުގެ ދަށުން ޖުމުލަ 36 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ބިން ހިއްކާ ނިމުނު އަވަހަކަށް އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށި މިއަދުން ފެށިގެން އެންމެ ގިނަ ވެގެން 30 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަޝްރޫއު އެއްކޮށް ނިމި އެތަން އޮޕަރޭޓްކުރަން ފެށޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ބިލެތްފަހީގެ ރައްޔިތުންނަށް ދެއްވާފައި އެވެ.

"އެއަޕޯޓް ތަރައްޤީގެ މަސައްކަތްތައް މުޅި މަޝްރޫޢު ގިނަވެގެން 2 އަހަރާއި ބައި ގައި ނިންމާނެ. މިމަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގައި ކުރިއަށްދާނެ. ދެން ފެންނާނީ މިކަން ފުރިހަމަވެގެން ދާތަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވޗީ މި މަޝްރޫއުގެ ދަށުން އެރަށުގައި ތަރައްޤީކުރާ އެއާޕޯޓުގައި 1500 މީޓަރު ދިގު ރަންވޭއެއް ތަރައްޤީކުރެވިގެންދާނެ ކަމަށާއި އެއާޕޯޓުގެ އިމާރާތްވެސް ތަރައްޤީކުރެވިގެންދާނީ ޒަމާނީ ފެންވަރަށް ކަމަށެވެ.

މިއަދު އެމްއޭސީއެލްއާއި ހަވާލުކޮށްގެން އެއާޕޯޓެއްގެ އަމަލީ މަސައްކަތް ފެށުނު ބިލެތްފަހީގައި ކުރީ ސަރުކާރުންވެސް އެއާޕޯޓެއް އެޅުމަށްޓަކައި އިއުލާނުކުރިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC