.webp&w=3840&q=75)
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ލައިވް ވަޒަނާއިއެކު ހުޅުމާލޭގެ އިރުން ކަނޑުމަތީގައި ކުރިޔަށް ގެންދަނީ
# އެމްއެންޑީއެފް-
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުން ކަނޑުމަތީގައި ކުރިޔަށް ގެންދަން ނިންމާފައިވާކަން މިއަދު ހާމަކޮށްފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން މިއަދު ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޮކްޓޫބަރު 14 އިން 20 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 12 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 12 ނޯޓިކަލް މޭލު ބޭރުން 45000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރަށް ކަމަށް ޑިފެންސުން ވަނީ ބުނެފައި އެވެ.
ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކުރިޔަށްގެންދާ މި ފަދަ ތަމްރީންތަކާއިގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓްރީން އަންނަނީ އަބަދުވެސް ހާމަކުރަމުންނެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




