
"އިންސްޕަޔަރިންގ ޔަންގް ލީޑަރސް" ޕްރޮގްރާމު ކަލާފާނު ސްކޫލުގައި ކުރިއަށް ގެންގޮސްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
"އިންސްޕަޔަރިންގ ޔަންގް ލީޑަރސް" ނަމުގައި ކަލާފާނު ސްކޫލުގެ ދަރިވަރުންނަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކަލާފާނު ސްކޫލުގެ 80 ދަރިވަރުން ބައިވެރިވިއެވެ. ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދަރިވަރަކީ ވެސް ލީޑަރެއްކަމަށާއި ކާމިޔާބު ލީޑަރަކަށް ވުމަށް ރަނގަޅު ސުލޫކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި ކުރިމަގުގައި ކާމިޔާބަށް އެދިލެއްވިއެވެ.
މިޕްރޮގްރާމުގެ ތެރެއިން އެކި ދިރިއުޅުމުގެ އެކި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާއި، އިތުބާރާއި ޔަގީންކަމާއެކު ކުރިއަށް ދިއުމަށް ހިތްވަރުދިނުމާއި، އިޖުތިމާއީ ވިއުގަތަކުގައި ރައްކާތެރިކަމާއެކު ބައިވެރިވުމުގެ މުހިންމުކަމުގެ އިތުރުން ގޯނާކުރުމުގެ ޝިކާރައަކަށް ނުވެ އެފަދަ އަމަލުތަކުން ސަލާމަތްވާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި އިސްލާމީ އަހުލާގުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަށް ހިމެނޭ ގޮތަށް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ގްރޭޑް 10 ނިންމައި، އަމަލީ މައިދާނަށް ނުކުންނައިރު އެ ދަރިވަރުންނަކީ ހަރުދަނާ، ޒިންމާދާރު އަދި މުޖުތަމައަށް ބޭނުންތެރި ހިދުމަތްތަކެއް ފޯރުކޮށްދޭނެ ގައުމީ އަޒުމެއް ދަރިވަރުންގެ ކިބައިގައި އުފެއްދުމެވެ.
ގުޅުންހުރި

މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށް ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް!

މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ދެން އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު: އިހްސާން

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި





