logoEN
Sto top
1000 އެނދާއިއެކު ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް!

1000 އެނދާއިއެކު ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް!

އަހުމަދު ޝުރާއު

logo

10/12/2025, 6:32:45 PM

# އައްޑޫ ސިޓީ

-

އައްޑު އަތޮޅު ހަންކެޑޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

Wamco

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް ނުވަވަނަ އިސްލާޙު ގެނެސް އެ އިޢުލާންގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ސ ހަންކެޑެ އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މިއާއިއެކު ހަންކެޑެ ތަރައްޤީކުރާނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައި އެވެ.

މިގޮތުން ބޮޑުމިނުގައި 7.06 ހެކްޓަރުގެ ހަންކެޑެގައި 1000 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ވަނީ ބީލަމަށް ހުޅުވާލާފައި އެވެ. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުމަށް ވަނީ އެދިފައި އެވެ.

ރައީސް ޑރ މުހައްމަދު ދާދި ފަހުން ވަނީ އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ޤަރާރު، އުވާލައްވާފައިއެވެ.

ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC