logoEN
Sto top
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

10/8/2025, 3:34:05 PM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ ހިތަދޫގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިިފި އެވެ.

Wamco

އެމްއެންޑީއެފުން މިރޭ ބުނީ އައްޑޫ ސިޓީ މެޖިސްޓުރޭޓް ކޯޓް ފަހަތުގައި އޮތް ފަޅުގޯއްޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ މަޢުލޫމާތު މިއަދު 18:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 18:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC