
-
މިރޭވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާޜާއިން ހުދު ސަމާލު ނެރެފައިވަނީ މުޅި ރާއްޖެއަށް މިރޭގެ 21:00 އިން ފެށިގެން މެންދަމު 03:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިން ބުނެއެވެވެ.
ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.
ގުޅުންހުރި

ގަދަ ވިއްސާރައާއި ގަދަ ހޫނު: ކުރިއަށް އޮތް 4 މަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!




