
ވިއްސާރާގައި އައްޑޫގެ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
# އެމްއެންޑީއެފް-
ވިއްސާރާގައި އައްޑޫގެ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ މަޢުލޫމާތު މިއަދު 09:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ފުރާޅު ވަޔާ އެއްލާލި އައްޑޫ ސިޓީ، މީދޫ ރޯޒްވިލާގޭގެ ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، މި މަސައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަސައްކަތް ނިންމާލެވިފައި ވަނީ މިއަދު 10:09 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ލައިވް ވަޒަނާއިއެކު ހުޅުމާލޭގެ އިރުން ކަނޑުމަތީގައި ކުރިޔަށް ގެންދަނީ

ވިއްސާރާގައި އައްޑޫގެ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީ ހުޅުމީދޫ އިކޯރ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް: އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ!
