
އައްޑޫ ސިޓީ ހުޅުމީދޫ އިކޯރ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް: އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ!
# އެމްއެންޑީއެފް-
އައްޑޫ ސިޓީ ހުޅުމީދޫ އިކޯރ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 10:37 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 19:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިއްޔެގެ ވަގުތެއްގައި މި ސަރަހައްދުގެ މީދޫ ފަޅީގައި އަލިފާން ރޯވެގެން އަލިފާން ނިއްވާލާފައިވާ އިރު، މިއަދު އަލިފާން ރޯވީ މި ސަރަހައްދުގެ ހުޅުދޫއާ ވީ ފަޅީގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި
ފޭދޫ ސްކޫލްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލައިފި

ސިފައިންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

އޮސްޓްރޭލިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރާ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ އެމްއެންޑީއެފުން ރަސްމީކޮށް ހަވާލުވެއްޖެ




