logoEN
Sto top
ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް އަޅުގަނޑުމެންނާއެކު ދަމަހައްޓަން ޖެހޭ - ޝަހީމް

ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް އަޅުގަނޑުމެންނާއެކު ދަމަހައްޓަން ޖެހޭ - ޝަހީމް

އަހުމަދު ޝުރާއު

logo

10/12/2025, 8:30:46 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް އަޅުގަނޑުމެންނާއެކު ދަމަހައްޓަން ޖެހޭކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅިން އައު އުފާވެރި ތާރީޚީ ޞަފްޙާއެއްކަމަށާއި ކީރިތި ޤުރުއާނާއި އިސްލާމީ ދާއިރާއިން މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ ވަރަށް އުފާވެރި ދުވަސްތަކެއްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމްވިތާ 900 އަހަރު މިއަންނަ އަހަރު ފުރޭއިރު މިއަންނަ އަހަރަކީ އިސްލާމީ ރޮނގުން ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށާއި މިއަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް އަންދާޒާ ކުރެވޭކަމަށެެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެ ގޮސްފި. މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ތަނެއް" ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ޢިމާރާތް ކުރުމަށް ނިންމާ މަސައްކަތް ކުރަމުންދާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ޢިމާރާތާއެކު މި ސަރުކާރުގެ އަމާޒަކީ ސަރުކާރުން ޤާއިމް ކުރާ ފަންޑުތަކުގެ އެހީގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމް ކުރުންކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގެ ރަންވަނަތަކަށް ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން އަގުހުރި އިނާމުތަކެއް ދެއްވަން ނިންމެވުމާއެކު އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް ދާ ބައިވެރިންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްްވާ ޚާއްސަ އިނާމެއްގެ ގޮތުގައި ބޭނުން ޤައުމަކުން ބޭނުން ރޮނގަކުން ޕީއެޗްޑީއާއި ހަމައަށް ކިޔެވޭނެ މަގުފަހިކޮށްދެއްވުމަކި ރައީސުލްޖުމުހޫރިއްޔާ ފަހިކޮށްދެއްވި ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބޭއްވިގެން މިދިޔައީ ސީދާ ދަޢުލަތުގެ މާލިއްޔާތުން ޚަރަދުކުރެެވިގެންކަމަށެެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރުއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC