logoEN
Sto top
މިހާތަނަށް 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވޭ، އަންނަ މަހު 15 ގެ ކުރީން ނުކޮށްފިނަމަ ޑީޕޯޓުކުރަނީ!

މިހާތަނަށް 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވޭ، އަންނަ މަހު 15 ގެ ކުރީން ނުކޮށްފިނަމަ ޑީޕޯޓުކުރަނީ!

އަހުމަދު ޝުރާއު

logo

10/10/2025, 8:32:33 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި އެ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ކުރީން އަދާހަމަނުކުރާ ނަމަ އެބިދޭސީން ޑީޕޯޓުކޮށް އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަށް ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދީފި އެވެ.

Wamco

އެމިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި އެ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން 2025 ޖޫން 16 ވަނަ ދުވަހު އާއްމުކުރައްވާފައިވާ އިޢުލާނު ނަންބަރު: (IUL)10-DOFL/10/2025/86 އިން އަންގަވާފައިވާގޮތަށް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މިއާއިއެކު އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައިނުވާ ނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކުރުމަށް ވަނީ އެމިނިސްޓްރީން އެދިފައި އެވެ. މިމުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، އެ ބިދޭސީންނާމެދު ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައި އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ޤާނޫނު ނަންބަރ 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ ދަށުން 50،000ރ (ފަންސާސް ހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކޮށް، ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC