
ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފޯރަމެއް ބާއްވައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެންް ބާއްވާ ތާސްޑޭ ފޯރަމް ސިލްސިލާގެ ދަށުން ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފޯރަމެއް ބާއްވައިފިއެވެ.

ފޯރަމް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މިރަސްމިއްޔާތު ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި މައުލޫމާތު ދީފައިވަނީ ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭގޮތުންނެވެ. މި ފޯރަމްގައި މައުލޫމާތު ދެއްވީ ސްރީލަންކާގެ ކޮލޮމްބޯ ލީޑަރޝިޕް އެކެޑަމީގެ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ރިޔާޒް ޙަސަން އެވެ.
ރިޔާޒް ޙަސަން އަކީ ސްޓްރެޓެޖީ، ގަވަރނަންސް، އަދި މުސްތަޤުބަލުގެ ލީޑަރުން ތައްޔާރުކުރުމުގެ ދާއިރާގައި 29 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި ގިނަ ވިޔަފާރި މުއައްސަސާތަކަށް ލީޑަރޝިޕް ދާއިރާއާއި ހަރުދަނާ ކޯޕަރޭޓް ސްޓްރެޓެޖީތައް ފަރުމާކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެއިތުރުން، ލީޑަރޝިޕްގެ މުހިންމު ހުނަރުތައް ތަރައްޤީކުރުވުމުގެ ތެރެއިން ލީޑަރުންގެ ހަރުދަނާކަން އިތުރުކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މި ފޯރަމްގައި ލީޑަރޝިޕް މެނޭޖްމަންޓްގެ އެންމެ ފަހުގެ ޓްރެންޑްތައް ދެނެގަތުމާއި ލީޑަރޝިޕް ހުނަރުތަކާއި އަމިއްލަ ދިރިއުޅުމުގައާއި ވަޒީފާގެ މާހަލުގައި ރަނގަޅު ލީޑަރަކަށް ވުމާ ގުޅޭ އަދި ލީޑަރޝިޕްއާ ގުޅުންހުރި ގިނަ މައުލޫމާތުތައް މައުލޫމާތު ބައިވެރިންނަށް އެނގިގެންދާނެއެވެ.
މި ފޯރަމްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ހިމެނޭހެން ޖުމްލަ 47 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދެ މުވައްޒަފުންނާއި މޯލްޑިވްސް ކަސްޓަމްސްގެ ދެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 51 ބައިވެރިން ބައިވެރިވެފައިވެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ ތާސްޑޭ ފޯރަމް ސިލްސިލާއަކީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ތައުލީމީ ގާބިލް ބަޔަކަށް ހެދުމުގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ފޯރަމެކެވެ. އެގޮތުން މި ފޯރަމްތަކުގައި އެކި ދާއިރާތައް ހިމެނޭގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ތަގުރީރުކުރައްވައެވެ.
ގުޅުންހުރި

އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލްއަކާއި ގުޅިގެން ހުވަދު އަތޮޅުގައި ބޮޑު އޮަޕަރޭޝަނެއް: މިހާތަނަށް 16 މީހަކު ހައްޔަރުގައި!





