
އަލިފާނުގެ ހާދިސާގައި ގަމު އިންޖީނުގޭގެ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި، ތަހުގީގެއް ފަށައިފިން - ފުލުހުން
# ދިވެހި ފުލުހުންގެ ޙިދުމަތް-
މިއަދު ލ ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ޖަނަރޭޓަަރަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 14:50 އެހާކަންހާއިރު ލ ގަން ފެނަކަ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަންވެސް މީޑިއާ އޮފިޝަލް ހާމަކުރެއްވި އެވެ.
ދާދި ދެންމެ އަކު މީޑިއާ އޮފިޝަލް މިހާދިސާގެ އިތުރު ތަފްސީލް ދެއްވަމުން ވިދާޅުވީ ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވަނީ މިހާދިސާގެ ތަހުގީގެއް ފުލުހުން ފަށާފައިވާކަންވެސް ހާމަކުރައްވާފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާއި ގުޅިގެން ގަމުން ކަރަންޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައެވެ.
އިތުރު ތަފްސީލް އަންނަނީ ..







