logoEN
Sto top
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެއްސަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެއްސަކު ހޯދަނީ

# ދިވެހި ފުލުހުންގެ ޙިދުމަތް# ސިވިލް ކޯޓު

ފޮޓޯ: ޕޮލިސް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ.

Wamco

ފުލުހުންގެ ޚިދުމަތުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫފޭދޫ / މޮޑެންހައުސް، މުޙައްމަދު އަޒުލީމް (47އ) އެވެ.

އަޒުލީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 08 ވަނަ ދުވަހުގެ 10:50 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންކަމުން މުޙައްމަދު އަޒުލީމް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅާއި ހިއްސާކުރުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC