logoEN
Sto top
މަސްވެރިން ތަމްސީލުކުރުމަށް މިފްކޯގެ ބޯޑަށް ތިނަދޫގެ ރީޝަމް މުޙައްމަދު!

މަސްވެރިން ތަމްސީލުކުރުމަށް މިފްކޯގެ ބޯޑަށް ތިނަދޫގެ ރީޝަމް މުޙައްމަދު!

އަހުމަދު ޝުރާއު

logo

10/9/2025, 2:44:35 PM

# މިފްކޯ

މިފްކޯއިން ހިންގަމުން އަންނަ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް :ފޮޓޯ | މިހާރު ނޫސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ހިންގުމުގެ މަސްވެރިންގެ ދައުރު އިތުރުކުރުމުގެ ގޮތުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު އައްޔަނުކޮށްފި އެވެ.

Wamco

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މިފްކޯގެ ބޯޑަށް މަސްވެރިންގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައްޗަށް ރިޔާއަތްކޮށެވެ. އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިންގެ އަޑު މިފްކޯގެ ބޯޑުގައި އިއްވާނެ ފަރާތެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނުއްވި މުހިއްމު ވަޢުދެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC