logoEN
Sto top
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

އަހުމަދު ޝުރާއު

logo

10/9/2025, 10:00:28 AM

# އެކޮނޮމިކް މިނިސްޓްރީ

-

ރާއްޖޭގެ އިޤުތިޞާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހީންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ސަރުކާރުން އިޞްލާޙު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އިއްޔެ ޝާއިޢުކޮށްފިއެވެ.

Wamco

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިއްޔެ ޝާއިޢުކުރި މި އެންޓްރީ ރިކުއަރމަންޓްސްގައި ބުނެފައިވާ ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރ އުޞޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުޞަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިޢާޔަތްކުރުމަށްފަހު އެވެ. އެހެންކަމުން މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ޚާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ. ސަރުކާރުން މިގެންނެވި ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބީތުކޮށް، އިޤުތިޞާދީ ނަފާ ހޯދައި، ޤައުމުގެ ތަރައްޤީގައި ދިވެހީންގެ ޙިއްސާ ބޮޑުވެގެން ދާނެއެވެ.

ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން މިގެންނެވި ހެޔޮ ބަދަލުގެ ތެރޭގައި ދިވެހީންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދޭ އުޞޫލުތަކެއް ވަނީ ހިމަނައިފައެވެ. މިގޮތުން ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަނގަވާ ބައެއް ދާއިރާތައް މިހާރު މިވަނީ ދިވެހީންނަށް ޚާއްޞަ ކުރެވިއެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ޚިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތާއި، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައްވެސް ހިމެނެއެވެ.

ހަމަ މިއާއެކު، ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެއެވެ.

މި އިޞްލާޙުގެ މުހިންމު އެއް މަޤްސަދަކީ ދިވެހީންނަށް އިޤްތިސާދީ މިނިވަން ހޯދައިދިނުމެވެ. މިގޮތުން ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަނީ ޤައުމުގެ އިގްތިސާދުގައި ދިވެހީން ބާރުވެރި ކުރުވުމަށެވެ.

ގައުމުގެ އިޤުތިޞާދީ ތަރައްޤީގައި އެންމެންގެ ބައިވެރިވުންވެސް ހިމެނުމަށް ހިތްވަރުދޭ މި ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖަޢާ ކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ޤައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.

އިސްލާހު ކުރެވިފައިވާ މި ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފައެވެ. އަދި ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރި ވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.

މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކެއް ނޫނެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖޭ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއްވެސް މެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC