
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި ހަމާސްއާއި އިޒްރޭލާއި ދެމެދު ރޭ ފަތިހު އެއްބަސްވުމަށް އާދެވުނު އެއްބަސްވުމަށް މިއަދު ޣައްޒާ ގަޑިން 12:00 ( ރާއްޖެ ގަޑިން 14:00 ) ގައި ވަނީ އަމަލުކުރަން ފަށާފައި އެވެ. އިޒްރޭލުގެ ބައެއް މީޑިއާތަކުންވެސް މިހާރު އަންނަނީ މިކަން ރިޕޯޓުކުރަމުންނެވެ.
ނަމަވެސް އަދި މިހާތަނަށް މިކަމާއި ގުޅިގެން އިޒްރޭލާއި ހަމާސްއިން ރަސްމީކޮށް މިކަން އިއުލާނުކޮށްފައިނުވި ނަމަވެސް ޣައްޒާއިން ވަގުތުން ރިޕޯޓުކުރަމުންދާ އަލް ޖަޒީރާގެ ނޫސްވެރިޔާވެސް ވަނީ އެއްބަސްވުމަށް އަމަލުކުރާން ފަށާފައިވާކަމުގެ ރިޕޯޓުތަކެއް މީގެ އިރުކޮޅެއް ކުރީން ލިބިފައިވާކަން ހާމަކޮށްފައެވެ.
ޣައްޒާ ގަޑިން މިއަދުގެ 12:00 ވާން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށްވެސް އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





