logoEN
Sto top
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ކުނބުރުދޫއަށް!

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ކުނބުރުދޫއަށް!

އަހުމަދު ޝުރާއު

logo

10/8/2025, 9:01:49 AM

# ކުނބުރުދޫ

-

ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އދ ކުނބުރުދޫގައި ސެލްފް-ސެރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

Wamco

މި ޚިދުމަތް އެރަށުގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އދ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުން ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC