
-
އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށައްވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.
މި މަޝްރޫޢޫގެ ދަށުން އަލަށް އިތުރުކުރެވޭ އިމާރާތާއި، ގަރާޖަކާއި ވަށައިފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މިއީ8.17 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމާއި، އައު ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާނެ ވަސީލަތްތައް ހޯދުން ހިމެނެއެވެ.
ސިއްޙީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއެވެ.
.gif&w=3840&q=75)







