logoEN
Sto top
އުރީދޫ ކަސްޓަމަރ ޑޭ ފާހަގަކުރުމަށް މެނޭޖްމެންޓާއި ސްޓާފުން ކަސްޓަމަރުންގެ ގާތަށް!

އުރީދޫ ކަސްޓަމަރ ޑޭ ފާހަގަކުރުމަށް މެނޭޖްމެންޓާއި ސްޓާފުން ކަސްޓަމަރުންގެ ގާތަށް!

އަހުމަދު ޝުރާއު

logo

10/7/2025, 6:31:59 PM

# އުރީދޫ މޯލްޑިވްސް

-

ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސުތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފި އެވެ.

Wamco

މިއަދު ކުރިޔަށްދިޔަ ޚާއްސަ ހަރަކާތުގައި އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެކުންފުނީގެ އިސްވެރީން ވަނީ އެއްކޮށްފައެވެ.

އުރީދޫން ބުނީ މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.

މިއަދުގެ ހަރަކާތުގައި އެކުންފުނީގެ ސީސީއޯ ހުސެއިން ނިޔާޒު ވަނި ސޯޝަލް މިޑިއާ މެދުވެރިކޮަށް ކަސްޓަމަރުންނަށް ޖަވާބު ދިނުމުގައި ހަރަކާތްތެރިވެފައި އެވެ.

" އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ. އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދޭ ކަމެކެވެ." އުރީދޫން ވަނީ ބުނެފައި އެވެ.

މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމަށްވެސް އެކުންފުނީން ވަނީ ބުނެފައި އެވެ.

މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC