logoEN
Sto top
ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ ހައި ލެވެލް ޑޯނަރ މިޝަން ފެށިއްޖެ

ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ ހައި ލެވެލް ޑޯނަރ މިޝަން ފެށިއްޖެ

އަހުމަދު ޝުރާއު

logo

10/7/2025, 6:29:27 PM

# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ ހައި ލެވެލް ޑޯނަރ މިޝަން މިއަދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގައި ބޭއްވުނު ބައްދަލުވުމަކާއެކު ފެށިއްޖެއެވެ.

Wamco

މި މިޝަންގެ މަޤްޞަދަކީ "ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ އިން މޯލްޑިވްސް" މަޝްރޫޢުގެ ކުރިއެރުން ބެލުމެވެ.

ހަތަރު ދުވަހުގެ މި މިޝަންގައި ބައިވެރިވަނީ އެލްއެލްއެފް ފަންޑު، ގޭޓްސް ފައުންޑޭޝަން، ކޭއެސް ރިލީފް، އައިއެސްޑީބީ ގްރޫޕް އަދި އިސްލާމިކް ސޮލިޑަރިޓީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ މަންދޫބުންނެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމެންޓްެންޓް ބޭންކް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ލައިވްސް އެންޑް ލައިވްލީހުޑް ފަންޑުގެ އެހީގައި މަސްދޯނިފަހަރުގައި އާރު އެސް ޑަބަލިއު (ރިފްރިޖަރޭޓެޑް ސީ ވޯޓަރ) ސިސްޓަމް ޤާއިމް ކުރުމަށްޓަކައި އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާ ގުޅިގެން ލޯނު ޕްރޮގްރާމެއް ދަނީ ދޫކުރެވެމުންނެވެ.

މި ލޯނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި އިންވެސްޓްމަންޓެއްގެ ގޮތުގައި މަސްދޯނިފަހަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. މީގެ ސަބަބުން، އުޅަނދުފަހަރުގައި ތާޒާކަމާއެކު ރަނގަޅު ކޮލިޓީގައި މަސް ރައްކާތެރިކުރެވޭނެ ގޮތް ފަހިވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC