-
އދ ހަންޏާމީދޫ ވޮލީކޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލަކަށް ހަންޏާމީދޫއަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސ،ް ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުالله ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި އެރަށުގެ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާި ކަރަންޓު މަސައްކަތްތަކާއި ޓާރފް އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރަނީ

ެއެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި: މި ސިސްޓަމް ހަރުކުރި ފުރަތަމަ ދޯންޏަކަށް މަޑަވެލި "ކަމަނަ" ދޯނި!





