
-
އދ. ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފެންފުއްޓަށް ވަޑައިގަންނަވައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ސްކޯޕުގައި ހިމެނެނީ 1.4 ހެކްޓަރުގެ ބިން ހިއްކުމާއި 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުމުގެ އިތުރުން ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 47،933،461.80 ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގައި ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރަނީ

ެއެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި: މި ސިސްޓަމް ހަރުކުރި ފުރަތަމަ ދޯންޏަކަށް މަޑަވެލި "ކަމަނަ" ދޯނި!





