logoEN
Sto top
ފޮފަޅަގައު ފަޅަކީ ކުނބުރުދޫ ގެ ބައެއް ކަމުގައި  ކަނޑައަޅައިފި

ފޮފަޅަގައު ފަޅަކީ ކުނބުރުދޫ ގެ ބައެއް ކަމުގައި ކަނޑައަޅައިފި

އަހުމަދު ޝުރާއު

logo

10/7/2025, 7:08:58 AM

# ކުނބުރުދޫ

-

އދ ފޮފަޅަގައު ފަޅަކީ ކުނބުރުދޫ ގެ ބައެއް ކަމުގައި ކަނޑައަޅައިފި އެވެ.

Wamco

މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ އަރިއަތޮޅު ދެކުނުބުރީ ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިފަދައިން ރައީސް ކަނޑައެޅުއްވީ އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން އެ އަތޮޅު "ފޮފަޅަގައު" (ކޯޑު ނަންބަރު 1185 RF) ފަޅު ބޭނުންކުރެވިދާނެ ކަމަށް އދ. ކުނބުރުދޫ ރައްޔިތުން ހުށަހަޅައިފައިވާ ގޮތަށް ކަމަށެވެ.

މިއާއެކު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC