ތާއީދު ހޯދަން ވަޒީފާތައް ދިނުމާއި ގާސިމް ތާއީދު: ވިދާޅުވީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ ތާއީދުވެސް ބޭނުންވާނެ ކަމަށް!
# ގާސިމް އިބްރާހިމް-
ސަރުކާރުތަކުން ތާއީދު ހޯދުމަށްޓަކައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވިފަދައިން ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން ގާސިމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރު ހިންގަވަމުން ގެންދަވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ކުރިމަތިލާންޖެހުނު ދަރަނިތައް ދައްކަވަމުން ގައުމު ބޭންކްރަޕްޓު ނުވެ ކަމަށާއި އެދަރަނިތައް ދައްކަވަމުން ގެންދަވަނީ ހަރަދުތަކަށް ބައްލަވައިގެން ކަމަށެވެ. ނަމަވެސް ހަރަދަު ކުޑަކުރަމުން ގެންދަވާއިރުވެސް ވަޒީފާތައް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ ތާއީދުވެސް ބޭނުންވާ ކަމަށާއި ހެޔޮނިޔަތް އޮވެގެން ވަޒީފާތައްވެސް ދޭންޖެހޭ ކަމަށެވެ.
ހަމައެފަދައިން މަޖިލީސް މެމްބަރުންގެވެސް އެދުންތަކާއި އެއްގޮތަށް ވަޒީފާތައް ދިނުމަކީ ގޯސް ނިޔަތެއްގައި ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެވަޒީފާތައް ދިނުމަކީ މައްސަލައެއް ނޫންކަމަށް ގަބޫލުފުޅުކުރައްވާ ދެވަނަ ސަބަބަކީ އެއީވެސް ދިވެހި ރައްޔިތުންނަށް ލިބޭ ވަޒީފާތަކެއް ކަމަށްވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުން ވަޒީފާތައް ދެމުން ގެންދަވަމުން ރާއްޖެ ބޭންކްރަޕްޓް ނުވެ މިއަދާއި ހަމައަށް އޮތުމަކީ ރައީސް މުއިއްޒުގެ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސަރުކާރުންނާއި މަޖިލިސް މެމްބަރުން ރައްޔިތުންނަށް ވައުދުވެސް ވަނީ ދޮގުހަދާކަށް ނޫން ކަމަށާއި އެކަންކަން ފުއްދުމަށް މަސައްކަތްކުރައްވާކަމަށެވެ.
ގުޅުންހުރި
ތާއީދު ހޯދަން ވަޒީފާތައް ދިނުމާއި ގާސިމް ތާއީދު: ވިދާޅުވީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ ތާއީދުވެސް ބޭނުންވާނެ ކަމަށް!

ޔާމީނަށް ވެރިކަން ލިބުނީ އަޅުގަނޑުގެ ތާއީދު ލިބުމުން، ދެން "މާ ފުއްޕާކަށް" ކީތްކުރަންތޯ - ގާސިމް

އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިނުވާން ގާސިމްގެ އިލްތިމާސް!





