-
އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ ތާހިރު ވެރިކަމެއް ކަމަށް ވިދާޅުވެ ރައީސްގެ ސަރުކާރަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ތައުރީފުކުރައްވައިފި އެވެ.

ގާސިމް ވިފަދައިން ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރަށްފަހު ރާއްޖޭގައި މިހާތަނަށް އެންމެ ތާހިރު އަދި ރައްޔިތުންނަށް އިހްލާސްތެރި ވެރިކަމެއް ކުރައްވަނީ ރައީސް މުއިއްޒު ކަމަށެވެ. އެގޮތުން ފާއިތުވި ސަރުކާރުތަކުން އޮތީ ގައުމު ދަރުވާލާފައިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެކިއެކި ނަންނަމުގައި ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ނަގަމުން އައި ލޯންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުން އެކަންކަމުން ގައުމު ސަލާމަތްކޮށްދޭން ރައީސް މުއިއްޒު ކޮށްދެއްވަނީ އެހެން ހުރިހާ ރައީސުން ކުރެއްވި ވަރަށްވުރެ އިޚުލާސްތެރި މަސައްކަތެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވަވަޑައިގެންނެވި އިރު ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ އޮތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މިއަދާއި ހަމައަށް މިގައުމު ބަގުރޫޓުވިޔަ ނުދޭން ރައީސް ކުރެއްވި މަސައްކަތަށް ތައުރީފާއި ޝުކުރު ހައްގު ކަމަށެވެ.
އެންމެ ފަހުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް ގާނޫނެއް ގެނައުމުން އެއަށް ބަހެއް ނުބުނީ ކީއްވެތޯ ބަޔަކު ސުވާލު އުފައްދާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެކަމާއި ގުޅިގެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށާއި، މިއީ ކޮންމެހެން ވެސް ސަރުކާރަކުން ކުރަންޖެހޭ މަސައްކަތެއްކަން އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
މީގެ ކުރިން ބޮޑެތި ވަފުދުތަކާއި އެކު ދަތުރުތައް ކުރައްވަނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފެދުނު ނަމަވެސް، މިއަދު ފެންފުށިއާއި މާމިގިލީގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކާއި ރައްޔިތުންނާއި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ރައީސް ޖަވާބުދެއްވި ގޮތާއި އެ ކަންބޮޑުވުންތައް އަޑުއެއްސެވި ގޮތަށް ބަލައި އޭގެ ބޭނުމާއި މުހިންމުކަން ގަބޫލުކުރެވުނުކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ކުރީ ސަރުކާރުތަކުގެ ތެރޭގައި ފެނިގެން ދިޔައީ އިންތިހާއަށް ކޮރަޕްޝަންކަމަށާއި، ސަރުކާރުތަކުން އަމިއްލަ އެދުމަށް ފައިސާ ނަގަމުން ދިޔައިރު ވެސް އެ މައްސަލަ ބަލާނެ އިދާރާއެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިއަދު މި ސަރުކާރު އެހެން ފުރުސަތު ދޭތަން ނުފެންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

އައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

އައްޑޫ ސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ދެ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސް ނިންމަވައިފި





