
ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
# ރާއްޖެ - އިންޑިއާ-
ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންމެ އަހަރަކު އޮންނަ "އިންޑިއާ - މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދާއިއެކު ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެވެ.
ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤައިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިންގއެވެ. އަދި މި ވަފުދުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
" އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް"އަކީ، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް، ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށާއި، ތަމްރީނާއި އުނގެނުމުގެ ދާއިރާއާ ބެހޭގޮތުންނާއި، މައުލޫމާތު ހިއްސާކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި، ސަރަހައްދުގެ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އިތުރު ކުރުމާ ގުޅޭގޮތުން ބާއްވާ ޑައޮލޮގެކެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

ނައިބު ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

.gif&w=3840&q=75)



