
ދެގައުމުގެ ގުޅުން މޯދީ މިފަހަރު ސިފަކޮށްދެއްވީ ދިވެހި ބަހުން: "ޑިޕްލެމެސީޢަށްވުރެ ބޮޑަށް ފެންނަނީ ގާތް ގުޅުން"
# ރާއްޖެ - އިންޑިއާ-
ރާއްޖެއާއި އިންޑިއާގެ ގުޅުން، ދިވެހި ބަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިފަކޮށްދެއްވައިފި އެވެ.

މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރުނބާ މޯލްޑިވްސްގައި ބޮޑުވަޒީރު މޯދީގެ ޝަރަފުގައި މިރޭ ވަނީ ޚާއްސަ ޖާފަތެއް ދެއްވާފައި އެވެ. މި ޖާފަތުގައި މޯދީ ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ކިހާގާތް ގުޅުމެއް ކަން ދިވެހި ބަހުން ވިދާޅުވެދެއްވާފައި އެވެ.
އެގޮތުން މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުމުން " ޑިޕްލޮމެސީއަށްވުރެ ބޮޑަށް ފެންނަނީ ގާތް ގުޅުން" ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅުއްވާ "ނެއިބަރހުޑް ފަރސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށް މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން މޯދީ ވަނީ ރާއްޖެއާއި އިންޑިއާއާއި ދެެމެދު އާދަކާދައިގެ ގޮތުންވެސް އޮތް ގާތްކަމުގެ މައްޗަށް އަލިއަޅުއްވާލާފައި އެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއާއި ދެމެދު ބަހުގެ ގޮތުންވެސް ދާދި އެއްގޮތް ކަންތައްތަކެއް ހުންނަ ކަން މޯދީ ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއާއި އިންޑިއާގެ ރަހައަކީވެސް އެއްގޮތް ރަހައެއް ކަމަށާއި ދެގައުމުގެ ކޮމްބިނޭޝަންއަކީ މަސާލާއާއި މަސްހުނި ފަދައިން ތަފާތު ދެ އެއްޗެއް ނަމަވެސް އެންމެ ފުރިހަމަ ރަހަ ކަމަށް މޯދީ ވިދާޅުވިއެވެ.
މިރޭގެ ވާހަކަފުޅުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ 60 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައި އެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

ނައިބު ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

.gif&w=3840&q=75)



