logoEN
PNC TOP 3
ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

އަހުމަދު ޝުރާއު

logo

7/26/2025, 3:16:17 PM

# ރާއްޖެ - އިންޑިއާ

-

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފި އެވެ.

PNC MID 2

މޯދީގެ ދަތުރުފުޅު ނިންމަވާލެއްވީ މިއަދު ހަވީރު މާލޭގައި ކުރިޔަށް ގެންދިޔަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހުގައި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ. އެގޮތުން ރާއްޖެ އެމަނިކުފާނު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. އަދި އިއްޔެ މެންދުރު މާލެއިން މޯދީއަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައި ވެއެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފި އެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫއުތައް ނިންމައި އިފްތިތާހުކޮށްދެއްވުމާއި އެކު ދިވެހި ސަރުކާރަށް ހަދިޔާކުރާ ބައެއް ތަކެތި ވެސް މޯދީގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރަސްމީކޮށް ހަވާލުކޮށްދެއްވާފައި އެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރި ކާމިޔާބު ދަތުރު ނިންމުމަކަށް އަންނައިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ތިޔަ ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއިވެސް މިއަދު ބައްދަލުކުރައްވާފައި އެވެ. އަދި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް ބައްދަލުކުރެއްވި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC