
ފުވައްމުލަކާއި ގަމާ ދެމެދު މޯލްޑިވިއަންއިން ކޮންމެ ހަފްތާއަކުވެސް ދަތުރުތައް ބާއްވަނީ، އެއްކޮޅު 676 ރުފިޔާއަށް!
# މޯލްޑިވިއަން-
ފުވައްމުލަކާއި ގަމާ ދެމެދު މޯލްޑިވިއަންއިން ކޮންމެ ހަފްތާއަކުވެސް ޝެޑިއުލް ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވިއަންއިން ބުނީ މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ފުވައްމުލަކުން ގަމަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ދަތުރުކުރަން ވަނީ ތާވަލުކޮށްފައެވެ. އަދި ގަމުން ފުވައްމުލަކަށް 1 ނޮވެމްބަރުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޝެޑިއުލް ދަތުރުތައް ކުރަން ވަނީ ނިންމާފައި އެވެ.
މި ދަތުރުތައް އިއުލާނުކޮށް މޯލްޑިވިއަންއިން ވަނީ މި ރޫޓަށް ޚާއްސަ އަގުތަކެއްވެސް މިއަދު އިއުލާނުކޮށްފައެވެ. އެގޮތުން މި ރޫޓުގެ ދަތުރުތަކަށް ކޮޅަކަށް 676 ރުފިޔާއަށް ޓިކެޓު ލިބޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަނުން ދަތުރުތަކެއް ބާއްވާފައިވެ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

މޯލްޑިވިއަންގެ ފްލައިޓުން އަލްކޮހޯލް ސާވިސް ދޭން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- މޯލްޑިވިއަން




