
ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީކޮށްފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީކޮށްފިއެވެ.

އިންސްޓިޓިއުޓް ރަޖިސްޓްރޭޝަން ސެޓުފިކެޓު ހަވާލުކުރުމަށް އެމްއެންއެސްޑީއޭގައި ބޭއްވި ބައްދަލުވުމެއްގައި ރަޖިސްޓްރީ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑިޒްގެ ފަރާތުން ސެޓުފިކެޓާއި ހަވާލުވެލެއްވީ ސްޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދެވެ.
ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ، ޖަލުގައި ދަސްކޮށްދޭ އެކި މަސައްކަތްތެރިކަމުގެ ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ އަދި ނޭޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި

މާފުށީ ޖަލުގެ ޚިދުމަތަށް 27 އަހަރާއި އީއެސްޖީގެ ޚިދުމަތަށް 18 އަހަރު ފުރުން ފާހަގަކޮށްފި

ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ދެ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި





