logoEN
Sto top
ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

10/6/2025, 6:13:21 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން، ސޮނެވާ ނަމޫނާ އާއި، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމްނާމާއެއްގައި ސޮއިކުރީ ޖުލައި މަހުގެ 08ވަނަ ދުވަހުގައެވެ.

އިމިގްރޭޝަން އާއި ސޮނެވާ ނަމޫނާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމްނާމާގެ ދަށުން، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން، ޖަލުތަކުގައި ކާދު އުފައްދަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ސޮނެވާ ނަމޫނާއާއި، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އަދި ކަރެކްޝަންސްގެ އެކަމާ ގުޅުންހުރި ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވާފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތައް އެއްބަސްވެފައިވާ މި ފަހުމްނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައެވެ.

މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC