
ފަތުރުވެރިކަމުގެ ކުރިއެރުމަށްޓަކައި އުފެއްދި ރޫޓް ޑިވެލޮޕްމަންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
# ފަތުރުވެރިކަން-
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ ރޫޓް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ގްރޯތު ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރިން ބުނީ މި ކޮމިޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށާއި، އެދާއިރާގައި ކުރިއެރުންތައް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެތަކެތި ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލުން ކަމަށެވެ.
މި ކޮމިޓީގައި ހިމެނެނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވިއަން އެއަރލައިންސްގެ އިސްވެރިންނެވެ.
މިއީ މި ހަތަރު މުއައްސަސާ ގުޅިގެން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް، ގިނަ ރޫޓްތަކުން ދަތުރުފަތުރުގެ ފަސޭހަތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް އުފެއްދި ކޮމިޓީއެކެވެ.
މިފަދަ ކޮމިޓީއެއް އެކުލަވައިލައި ފުރަތަމަ ބައްދަލުވުން ބޭއްވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށާއި މި ކޮމިޓީގެ މަސައްކަތްކުގައި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މި ކޮމިޓީގެ މަސައްކަތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ގުޅުންހުރި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި




